ބަޖެޓް ޚުލާސާ

ޖެނުއަރީ 2019ގެ ބެލެންސް ސަރޕްލަސް ވެފައިވަނީ އެމަހުގެ ތެރޭގައި ޓެކްސްގެ ގޮތުގައި، ފާހަގަކޮށްލެވޭ މިންވަރަކަށް އިމްޕޯޓް ޑިއުޓީ އާއި އެއަރޕޯޓް ސަރވިސް ޗަރޖްގެ ގޮތުގައި، ލިބުނު އާމްދަނީ އިތުރުވެފައިވާތީ އާއި ކެޕިޓަލްގެ ޚަރަދުގެ ގޮތުގައި ކުރެވިފައިވާ ހޭދަ ވަރަށް ކުޑަވެފައިވާތީއެވެ. ނަމަވެސް ފެބްރުވަރީގެ ބެލެންސް ޑެފިސިޓްވެފައިވަނީ އެމަހުގެ ތެރޭގައި ލިބުނު އާމްދަނީއަށްވުރެ ޚަރަދު، އިތުރުވެފައި ވާތީއެވެ.

ބަޖެޓް ޔުޓިލައިޒޭޝަން

މި އަހަރަށް (2019) ފާސްކުރި ބަޖެޓް ޚަރަދުގެ 12.7 އިންސައްތަ، ފެބްރުވަރީ 2019ގެ ނިޔަލަށް ހޭދަވެފައިވެއެވެ. އަދި މި އަހަރަށް ފާސްކުރި އާމްދަނީއާއި ހިލޭ އެހީގެ 18.2 އިންސައްތަ، ފެބްރުވަނީ 2019ގެ ނިޔަލަށް ލިބިފައިވެއެވެ.

އާމްދަނީ

ފެބްރުވަރީ 2018 އަދި 2019ގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސްތަކުންނެވެ. މީގެ ތެރޭގައި ޓީ.ޖީ.އެސް.ޓީ އަދި ޖީ.ޖީ.އެސް.ޓީ ހިމެނެއެވެ. އެމަހުގެ ތެރޭގައި ދެން އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ އިމްޕޯޓް ޑިއުޓީންނާއި ބިޒްނަސް އަދި ޕްރޮޕަޓީ ޓެކްސް އިންނެވެ.

ޚަރަދު

ފެބްރުވަރީ 2019ގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރައަށާއި އެލަވަންސްއަށެވެ. އެ މަހުގެ ތެރޭގައި ދެން އެން ބޮޑު ހޭދައެއް ކޮށްފައިވަނީ ލިބިފައިވާ ގެއްލުމެއް ނުވަތަ ލިބިދާނެ ގެއްލުމެއް ހަމަޖެއްސުމަށް ކުރާ ހޭދަ އަށާއި ޕެންޝަނާއި، މުސްކުޅިކުރައްވާ މުވައްޒަފުންނަށާއި އަދި ވަކި ޚިދުމަތަކަށް ނޫން ގޮތުން ކުރާ ހޭދައަށެވެ.

އޮފީސްތަކުގެ ޚަރަދު

ޚާއްސަ ބަޖެޓުން ފެބްރުއަރީ 2019ގެ ނިޔަލަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސަރުކާރަށްވީ ގެއްލުމެއް ނުވަތަ ލިބިދާނެ ގެއްލުމެއް ހަމަޖެއްސުމަށާއި، އެސް.އޯ.އީތަކަށް ދެވޭ ކެޕިޓަލް ކޮންޓްރިބިއުޝަނަށެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ސްޓޭޝަނަރީ ވޯޗަރ ދޫކުރުންފަދަ އަމިއްލަ ފަރާތްތަކަށްދޭ އެހީއަށާއި، އައި.ޓީ.އާ.އާއި ގުޅޭ ހާޑްވެއަރ ހޯދުމަށެވެ. އެހެނިހެން ބޮޑެތި ޚަރަދުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް އާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ޢުމްރާނީ މަޝްރޫޢުތަކަށް ކުރެވުނު ޚަރަދާއި، ހެލްތު މިނިސްޓްރީ އަދި އައި.ޖީ.އެމް.އެޗް މެޑިކަލް ކޮންޒިއުމަބަލްސް އަށް ކުރެވުނު ޚަރަދާއި އެންސްޕާ އިން އިޖްތިމާއީ ރައްކާތެރިކަމަށް ކުރެވުނު ޚަރަދު ހިމެނެއެވެ.