މަންތުލީ ރިޕޯޓު

ޖެނުއަރީ އަދި މާރިޗު 2019 ގެ ބެލެންސް ސަރޕްލަސް ވެފައިވަނީ އެ މަސްތަކުގެ ތެރޭގައި ޓެކްސްގެ ގޮތުގައި، ފާހަގަކޮށްލެވޭ މިންވަރަކަށް އިމްޕޯޓް ޑިއުޓީ، ބީޕީޓީ އާއި އެއަރޕޯޓް ސަރވިސް ޗަރޖްގެ ގޮތުގައި، ލިބުނު އާމްދަނީ އިތުރުވެފައިވާތީ އާއި ކެޕިޓަލްގެ ޚަރަދުގެ ގޮތުގައި ކުރެވިފައިވާ ހޭދަ ކުޑަވެފައިވާތީއެވެ. ނަމަވެސް ފެބުރުވަރީ އަދި އެޕްރީލްގެ ބެލެންސް ޑެފިސިޓްވެފައިވަނީ އެ މަހުގެ ތެރޭގައި ލިބުނު އާމްދަނީއަށްވުރެ ޚަރަދު، އިތުރުވެފައި ވާތީއެވެ.

ދައުލަތުގެ ބަޖެޓު 2019
30,252
މިލިއަން
ރުފިޔާ
2019 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އަމާޒުކުރެވިފައިވަނީ އައު ސަރުކާތުން ރައްޔިތުންނަށް ފޯރުކޮށްދޭން ވައުދުވެފައިވާ ކަންތައްތައް ފުރިހަމަކުރުމަށް މަސައްކަތް ފެށުމުގެ މައްޗަށެވެ. މިގޮތުން "ޖަޒީރާ ދިރިއުޅުމަށް" މަގުފަހިކުރުމަށްޓަކައި ރަށްތަކަށް މި ވަގުތު އެންމެ ދަތިވެފައިވާ އިގުތިސާދީ އަދި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ބަޖެޓުގައި ޖާގަ ކަނޑައެޅިފައިވާނެއެވެ. "ނޫ އިގުތިސާދަށް" މަގުފަހިކޮށް ކުރިއެރުވުމަށްޓަކައި އިގުތިސާދީ މަސައްކަތްތަކުން ލިބޭ ނަފާ އިތުރުކުރުމަށް ދައުލަތުން އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ރޭވިފައިވެއެވެ. އަދި އިގުތިސާދީ ކުރިއެރުމަށް ސަޕޯޓް ދިނުމަށްޓަކައި، ދައުލަތުން ކުރާ އިންވެސްޓްމަންޓްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވެއެވެ. މީގެ އިތުރަށް 2019 ވަނަ އަހަރުގެ ބަޖެޓުގައި ރައްޔިތުންނަށް ދެވޭ އާންމު ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އިސްކަންދީފައިވާނެއެވެ.